ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ އިނާމު އަރުވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ 66 ބޭފުޅެއްގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، އައްޑަނަ އަދި ހަނދާނީލިޔުން އަރުވައިފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ބޭފުޅުންނަށް ޝަރަފުގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މިއަދުގެ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވީ ނަމަވެސް، މިހާތަނަށް އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެވި އިނާމު އަރުވާފައިނުވާ ބޭފުޅުންނެވެ. މި ބޭފުޅުންގެ ޚިދުމަތްތަކުގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެ މައުލޫމާތުތައް އެކަނި ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރައްވައި އިނާމުގެ ޝަރުޠުތައް ފުރިހަމަވާކަން ކަށަވަރުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް