މިނިވަން ދުވަހުގެ ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

61 ވަނަ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖުލައި 26 އަދި 27 ގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި ދުވަސްތަކުގައި މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުގެ އިތުރުން އައްޑޫ އިމިގްރޭޝަން އޮފީހުންވެސް ޕާސްޕޯޓުގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާ ގަޑިތައް:

  • މިއަދު: ހެނދުނު 08:30 އިން ހަވީރު 17:00 އަށް

  • މާދަމާ: ހެނދުނު 08:30 އިން ހަވީރު 16:00 އަށް

ޕާސްޕޯޓާއި ހަވާލުވުމަށްޓަކައި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެން ނަމްބަރު ނެގޭނެއެވެ.

އަދި އައު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް