ސިފައިންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން މިރޭ 20:30 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދޭ ގޮތުގައި، ޖުމްހޫރީ މައިދާނުން ފަށާ އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެއެވެ. އަދި ސިފައިންގެ ތަފާތު ކޯރތަކާއި ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، މި ލަޝްކަރު މާލޭގެ 4 ސަރަހައްދަކަށް މަޑުކޮށް ބޭންޑުގެ ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ލަޝްކަރު މަޑުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

  • އާޓިފިޝަލް ބީޗު: މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތި

  • ކުޑަކުދިންގެ ބަގީޗާ ކުރިމަތި: އަމީނީމަގު

  • ގަލޮޅު ޕޮލިސް ކުރިމަތި: އަމީނީމަގު

  • ކަޅުތުއްކަލާކޮށި: ހުޅަނގު އުތުރު ކަންމަތި

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި، ސްކޫލްތަކުގެ ކުޅިވަރާއި ސަޤާފީ އައިޓަމްތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ނަޝާ ގްރޫޕުތަކާއި ބޮޑުބެރު ގްރޫޕުތަކުގެ ހުށަހެޅުންތައްވެސް މި ހަރަކާތުގެ ތެރެއިން ފެނިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް