މިނިވަން ދުވަހަށް ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން، މާލޭގެ ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިނިވަން ދުވާހާއި ގުޅިގެން ބާއްވާ ޖަލްސާއަށް  އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އަންގައިފިއެވެ. އެގޮތުން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލްތަށް ދައްކުވައިދޭ މަގު ޗާޓެއް އާންމުކޮށްފެއެވެ.

 ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް 2026 ޖުލައި 25 ވަނަ ދުވަހުގެ މުހިންމު ސުންގަޑިއެއް ކަމަށްވާ މުހިންމު ވަގުތު (14:00) ސޭވްކޮށް، އެ ސަރަހައްދުން ނަގަންޖެހެއެވެ. އަދި ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރަސްމީ ޖަލްސާ ނިމެންދެން، ސޯޝަލް ސެންޓަރު ވަށައިގެންވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް އަންނާނެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ސައުދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފުލުހުން ވަނީ މިފަދަ ގައުމީ މުހިންމު އިހުތިފާލުތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަގުތަކުގެ ޓްރެފިކަށް ބަދަލު އައުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް