ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރި ބޭފުޅުން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަންކުރައްވައިފިއެވެ.

މެންބަރުން އައްޔަންކުރައްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އައިލޭންޑް އޭވިއޭޝަން ސަރވިސަސްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށެވެ.

އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ބޯޑަށް އައްޔަންކުރެއްވީ މއ. ޝަހީން، ޢަބްދުﷲ ޔާމީން އެވެ. އައިލޭންޑް އޭވިއޭޝަން ސަރވިސަސްގެ ބޯޑަށް ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް އައްޔަންކުރެއްވިއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ބޯޑަށް އައްޔަންކުރެއްވީ ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ އެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ގ. ބަނީ، އަޙްމަދު މާޒިން އެވެ.

ސަރުކާރުން ދަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅުން ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް