ސަރުކާރު ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރި ބޭފުޅުން

ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ތިން މީހަކު އައްޔަންކޮށްފިއެވެ.

ޕީސީބީން ހާމަކުރި ގޮތުގައި އަލަށް ބޯޑު މެންބަރުން އައްޔަންކުރި ކުންފުނިތަކާއި އައްޔަންކުރި ފަރާތްތަކަކީ:

  • މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ): ފާތިމަތު އާޒިޔާ ފަތުހީ (ސ. ފޭދޫ، އާބާދީގެ)

  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ): ހުސައިން އަބްދުލްވާހިދު (ހއ. ތަކަންދޫ، ރަތްވިލާގެ)

  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ): އީނާސް ނަސީރު (ސ. ހިތަދޫ، މީނާޒް)

މި ކުންފުނިތަކުގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަންކޮށްފައި މިވަނީ، ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އަންގާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ޕީސީބީން ވަނީ މި މަހުގެ 12 ވަނަ ދުވަހު އަންގާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް