ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ފެށުން

ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު" އައްޑޫ ސިޓީގައި ވަނީ ފަށާފައެވެ. މި ކޯސް ފަށާފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މި މަހުގެ 21 ވަނަ ދުވަހުއެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެން ފުލުހުންނާއި 6 އަންހެން ފުލުހުންނެވެ. މި ކޯހުގެ މައިގަނޑު މަޤުސަދަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފުލުހުން ތައްޔާރުކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް އުނގަންނައިދިނުމެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ކޯހުގެ މުއްދަތުގައި އިންޑޯރ އަދި އައުޓްޑޯރ މާއްދާތައް ހިމެނޭހެން ޖުމްލަ 6 މޮޑިއުލްއެއް ކިޔަވައިދޭނެއެވެ. މީގެ ތެރޭގައި:

  • ޖިސްމާނީ ތަމްރީނުތައް: ޖިސްމާނީ ދުޅަހެޔޮކަން، ޑްރިލް، ބާރުގެ ބޭނުންކުރުން އަދި ދިފާޢީ އުކުޅުތައް.

  • އަސާސީ ހުނަރުތައް: ފުރަތަމަ އެހީ، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް.

  • ޢިލްމީ އަދި އަޚުލާޤީ މާއްދާތައް: ޤާނޫނާއި ޤަވާއިދުތައް، މުއާމަލާތް ކުރުމުގެ ހުނަރު، މަސައްކަތުގެ އަޚުލާޤު އަދި ފުލުހުންގެ މަސައްކަތްތައް.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް