ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު: އާ ބަނދަރު ފުންކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް!

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެރަށު އާ ބަނދަރު ފުންކުރުމުގެ (ޑްރެޖިންގ) މުހިންމު މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާކަކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ މީދޫގެ ރައްޔިތުންނަށާއި، އެ ރަށަށް ވަދެނުކުމެވާ އުޅަންދުފަހަރަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ފުންމިން އިތުރުކުރުމުގެ އިތުރުން، ބޭރުތޮށި ޖެހުމާއި، ރޭކިންގ ނުވަތަ ނެރު ފާހަގަކުރުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ۔

މި މަޝްރޫޢު ނިމިގެންދާއިރު، މީދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ދިރުމެއް ލިބި، ލަފާފުރުމުގައި އުޅަނދުފަހަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ۔

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް