މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 236 މައްސަލައެއް ރިޕޯޓުކޮށްފިނަސްރުﷲ މުޙައްމަދު2 months agoFacebookXPinterestLinkedInWhatsAppTelegramSHAREFacebookTwitterLinkedInPinterestEmail މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކުން ރިފަރ ކުރި މައްސަލަތަކުގެ ތެރެއިން ގެވެށި އަނިޔާގެ މައްސަލައިގެ ރިފަރަލްތަކުގެ ޖުމްލަ އަދަދު 258 އަށް އަރާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެފްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 59.3 އިންސައްތަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. މާލެ ސަރަހައްދަށް ފަހު އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ށ. އަތޮޅުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ހދ. އަތޮޅުން ކަމަށް އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ ކުއާޓަރުގައި ގެވެށި އަނިޔާ ލިބިގެން ރިޕޯޓުކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން އަނިޔާ ލިބުނު މީހުންގެ ތެރެއިން 208 މީހުންނަކީ އަންހެނުން ކަމަށްވާއިރު، 73 މީހުންނަކީ ފިރިހެނުންނެވެ. މީގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު، 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނޭކަން އެފްޕީއޭއިން ފާހަގަކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ ބިރުދެއްކުމުގެ މައްސަލަތައް ކަމަށްވާއިރު، ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކެވެ. ދިވެހިރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އުފައްދާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެ އޮތޯރިޓީން ދަނީ ގެވެށި އަނިޔާއާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެވެށި އަނިޔާރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށްކޮމެންޓް ކުރެއްވުމަށްގުޅޭ ލިޔުންތައްހައުސިން މިނިސްޓްރީގެ ހުޅުވާފައި ހުރިލޮކަރުތަކުން އެއްވެސް ލިޔުމެއް މަދެއްނުވޭ: ފުލުހުން3 hours agoބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ3 hours agoކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި6 hours ago
ބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ3 hours ago
ކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި6 hours ago