އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފިއެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހު ކުޑަހުވަދޫގައި ނައްތާލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ބިޔަރު ދަޅެވެ.
މި ހާދިސާގައި ނައްތާލި ބަނގުރަލާއި ބިޔަރު ދަޅުތަކަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހިންގި އެކި އޮޕަރޭޝަންތަކުގައާއި ދިމާވި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ. އަދި މި ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށްދިޔައީ އެކަމަށްޓަކައި ޚާއްޞަކޮށް އެކުލަވައިލާފައިވާ ކޮމިޓީއެއްގެ ސީދާ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.




