އެފޯޑަބަލް ހައުސިން މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއޫ ކުޑަވާނެ: ވަޒީރު މުއްތަލިބުނަސްރުﷲ މުޙައްމަދު2 months agoFacebookXPinterestLinkedInWhatsAppTelegramSHAREFacebookTwitterLinkedInPinterestEmail އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބެން ނެތުމުގެ ސަބަބުން ސޯޝަލް ހައުސިންއަށް އޮތް ޑިމާންޑާއި ކިއޫ ބޮޑު ނަމަވެސް، އަލަށް ފަށާ މަޝްރޫޢާއެކު އެ ކިއޫ ކުޑަވެގެންދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކުރުމާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް ޚާއްސަކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި އެ ތަންތަން ބޭނުންކުރުން ހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަމިއްލައަށް ލޯނު ނަގައިގެން ގެދޮރު ގަނެވޭނެ ފެންވަރު ހުރި އާއިލާތަކުން ވެސް ބާޒާރުގައި އަގުހެޔޮ ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ސޯޝަލް ހައުސިން ކިއޫގައި މަޑުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ އަތްފޯރާފަށުގެ ކޮންމެ ޔުނިޓެއް ވިއްކުމުން ދެ ކަމެއް ހާސިލުވާނެ ކަމަށެވެ. އެއީ އެއް އާއިލާއަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބުމާއި، ދައުލަތުގެ ސީދާ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އޮތް ސޯޝަލް ހައުސިންގ ކިއޫ ކުޑަވެގެންދިއުމެވެ. މި މަޝްރޫޢަކީ ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ކުންފުނިތަކުން މަސައްކަތް ނިންމުމަށްފަހު އާއިލާތަކަށް އަމިއްލަ މިލްކުވެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ އައު ނިޒާމެއްގެ ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށްކޮމެންޓް ކުރެއްވުމަށްގުޅޭ ލިޔުންތައްހައުސިން މިނިސްޓްރީގެ ހުޅުވާފައި ހުރިލޮކަރުތަކުން އެއްވެސް ލިޔުމެއް މަދެއްނުވޭ: ފުލުހުން2 hours agoބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ3 hours agoކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި5 hours ago
ބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ3 hours ago
ކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި5 hours ago