އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް އަލަށް ހުޅުވައިފިއެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބަދަލާއެކު، މީގެކުރިން މަދު ސަރަހައްދެއްގައި ދެމުންދިޔަ އާސަންދަ ކައުންޓަރުތަކުގެ ޚިދުމަތް މިހާރު ރާއްޖޭގެ 11 އަތޮޅަކުން ރައްޔިތުންނަށް ލިބެން ހުންނާނެއެވެ.
ރަށުން ބޭރަށް ނުގޮސް އާސަންދައިގެ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ދިނުމަށްޓަކައި، އަލަށް އާސަންދައިގެ 'ވިރަ' ކައުންޓަރުތައް ހުޅުވާފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ދ. ކުޑަހުވަދޫގައެވެ.
މީގެކުރިން މި ޚިދުމަތް ފޯރުކޮށްދެމުން އައީ ހަމައެކަނި މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.
އެ ކުންފުނީގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާގެ އެކި ބޭނުންތަކަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، އިދާރީ ހުރިހާ ކަމެއް ފަސޭހަކަމާއެކު އަމިއްލަ ރަށުގައި ތިބެގެން ނިންމާލެވޭނެ މަގު ފަހިކޮށްދިނުމެވެ.
އަލަށް ހުޅުވުނު ކައުންޓަރުތައް މެދުވެރިކޮށް ބޭސްފަރުވާގެ އެހީއަށް އެދުމާއި، ކުންފުންޏާ ގުޅުންހުރި އިދާރީ އެކި ކަންކަން ހަމަޖެއްސުމުގެ އިތުރުން ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ފަސޭހައިން ސާފުކުރެވޭނެއެވެ.
މީގެ އިތުރުން، އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ 'މައި އާސަންދަ ޕޯޓަލް' އެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. އީފާސް މެދުވެރިކޮށް ލޮގިންވެވޭ މި ޕޯޓަލްގެ އެހީގައި، ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށް ވެސް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ.




