ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން މުދާ ބޭރުކުރުމުގެ އައު ރެކޯޑެއް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ވައިގެ މަގުން އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މުދާ ރާއްޖެއިން ބޭރުކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މި މަހުގެ 12 ވަނަ ދުވަހު ޖުމްލަ 114 ޓަނުގެ މުދާ ވަނީ ވައިގެ މަގުން ބޭރުކޮށްފައެވެ. މިއީ މީގެކުރިން ހަދާފައިވާ 100 ޓަނުގެ ރެކޯޑު މުގުރާލި އައު ކާމިޔާބީއެކެވެ.

https://twitter.com/VelanaAirport/status/2076709744384106745

ތަފާސްހިސާބުތަކުގެ މުހިންމު ބައިތައް:

  • ފުރަތަމަ 6 މަހުގެ ޖުމްލަ: މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުން ޖުމްލަ 7,928 ޓަނުގެ މުދާ ބޭރުކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު (6,879 ޓަނު) ‎15%‎ އިތުރު އަދަދެކެވެ.

  • އެންމެ ގިނައިން މުދާ ބޭރުކުރި މަސް: މި އަހަރުގެ މާރިޗު މަހު އެކަނިވެސް 1,791 ޓަނުގެ މުދާ ވައިގެ މަގުން ބޭރުކޮށްފައިވެއެވެ.

އިންބައުންޑް ޓްރާންޝިޕްމަންޓްސް (އެތެރެކުރި):

  • އެފްކޮމް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް : ‎27%‎

  • ސްރީލަންކަން އެއާލައިންސް : ‎25%‎

  • ޗައިނާ އީސްޓަން އެއާލައިންސް : ‎7%‎

  • ބެއިޖިންގް ކެޕިޓަލް އެއާލައިންސް : ‎7%‎

  • Sިންގަޕޯ އެއާލައިންސް : ‎6%‎

އައުޓްބައުންޑް ޓްރާންޝިޕްމަންޓްސް (ބޭރުކުރި):

  • ޓާކިޝް އެއާލައިންސް : ‎14%‎

  • ބްރިޓިޝް އެއާވޭސް : ‎14%‎

  • އެއިރޯފްލޮޓް : ‎12%‎

  • ވާޖިން އެޓްލާންޓިކް : ‎9%‎

  • ގަތަރު އެއާވޭސް : ‎9%‎

 މި އައު ރެކޯޑާއެކު، ސަރަހައްދީ އެއާ ކާގޯ ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި މިއީ ރާއްޖެ މެދުވެރިކޮށް މުދާ އުފުލުމަށް އޮތް ޑިމާންޑާއި އެއާލައިންތަކުގެ ގުޅުން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް