އޭދަފުށި

ބ. އޭދަފުށީ ފަޅުތެރޭގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރުއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، މި މަރުގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް