އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މިއަދު މެންދުރު 12:00 އިން ފެށިގެން މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ، ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ އިތުރުން، ޝައިޚް ޙަމަދުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ވަކިވެދިއުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ވަނީ ގަތަރަށް ފުރާވަޑައިގަންނަވާފައެވެ.





