މީގެ ކުރިން ހިނގި އެކްސިޑެންޓެއް

މިއަދު ހަވީރު 3:45 އެހާކަންހާއިރު މާލޭ އުސްފަސްގަނޑު ކައިރިން ބޮޑުތަކުރުފާނު މަގުގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި ސައިކަލުގައި އިން މީހާ މަރުވެފައިވާއިރު، ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް