އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ޕޮލީސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، އިމާރާތުގެ ފުރާޅުގެ ހެދުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޔަގީންކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށި މި މަޝްރޫޢަކީ އޮމަދޫގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.
Project Update: Development of Police Post in ADh. Omadhoo Roofing timber structure works are ongoing. Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/iYQShXfv8a
— MTCC Plc (@MTCCPlc) July 12, 2026
އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ހޭންޑްއޯވަރ މަރުހަލާއަށް ދިޔުމުގެ ކުރިން ނިންމަންޖެހޭ މައިގަނޑު ސްޓްރަކްޗަރަލް މަސައްކަތްތައް ނިމުމަކާ ގާތްވަމުންދާއިރު، މިއީ ރަށުގެ އިޖުތިމާޢީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
އދ. އޮމަދޫ ޕޮލީސް ޕޯސްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް ޕޮލީސް ސަރވިސް ގުޅިގެން، ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޕޮލީސް ޕޯސްޓްތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢެއް ދަނީ ހިންގަމުންނެވެ. މީގެ ބޭނުމަކީ ކުށްމަދު، އަމާން މުޖުތަމައެއް ހުރިހާ ރަށެއްގައިވެސް ބިނާކުރުމެވެ.





