އެކްސިޑެންޓްވި ކާރަކުން މަސްތުވާތަކެތި ފެނިއްޖެ

ކާރެއް އެކްސިޑެންޓުވެގެން ހިފެހެއްޓިއިރު، އެ ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ލަގްޒަރީ، ޤައިސް އަބްދުﷲ އަނީސް (27 އަހަރު) އެވެ. ކުށުގެ ރެކޯޑް އޮންނަ މި ޒުވާނާގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތެވެ. މި ޒުވާނާ ދުއްވި ކާރު އެކްސިޑެންޓުވުމުން ބަލައި ފާސްކުރިއިރު، ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން ސީއޭޓީ  އަދި އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް