ހަންޏާމީދޫ ޕޮލިސް ޕޯސްޓުގެ ގްރައުންޑް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތް އާރުޑީސީއިން ނިންމާލައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އދ. ހަންޏާމީދޫގައި އިމާރާތް ކުރަމުންދާ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ މުހިންމު މަރުހަލާއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހަންޏާމީދޫ ޕޮލިސް ޕޯސްޓް އިމާރާތުގެ ގްރައުންޑް ސްލެބް ކޮންކްރީޓް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އާރްޑީސީން ދަނީ މި މަޝްރޫއުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރު މިނެއްގައި ކުރިއަށް ގެންދަމުންނެވެ.

ހަންޏާމީދޫގައި ޒަމާނީ ފެންވަރަށް ބިނާކުރާ މި ޕޮލިސް ޕޯސްޓަކީ އެ ރަށާއި އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއެކެވެ. މި އިމާރާތް ނިމުމުން، ފުލުހުންގެ އިދާރީ މަސައްކަތްތަކަށާއި ރަށުގެ އަމާންކަން ބެލެހެއްޓުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުވެގެންދާނެއެވެ.

މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން، ރަށްރަށުގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ މިފަދަ ސަރުކާރުގެ ބޮޑެތި އިމާރާތްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތައް އަވަހަށް ނިންމައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ސަލާމަތީ ޚިދުމަތްތައް ފުރިހަމަަށް ފޯރުކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް