މަތީ އަރުތަވެރިންގެ އިނާމު 2025 - ތިންވަނަ ދަންފަޅީގައި 304 ދަރިވަރަކު އިނާމު ހާސިލްކޮށްފި

"މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ތިންވަނަ ދަންފަޅީގައި 304 ދަރިވަރަކު އިނާމު ހާސިލްކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ދައުލަތުގެ އިސްވެރިންނެވެ.

ރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުން މި އަހަރު ކުރިއަށްގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް