މުވައްޒަފުންނަށް ފްލެޓް އެޅުމަށް އައިލެންޑް އޭވިއޭޝަނުން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް، ޑިޒައިނާއި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އައިއޭއެސްއިން ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވަނީ، މި މަޝްރޫއުގެ ޑިޒައިނިންގ އާއި ކޮންސަލްޓެންސީ މަސައްކަތްތައް ކުރުމަށް ޝަރުތު ހަމަވާ، ތަޖުރިބާކާރު ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުސަތު ހުޅުވާލާ ކަމަށެވެ.

އިއުލާނާއެކު އާންމުކޮށްފައިވާ ޑްރޯވިންގ ގައިޑްލައިންތަކުން އެނގޭ ގޮތުގައި، މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް އިމާރާތް އަޅަނީ ހުޅުމާލެ 2 ގައިވާ 20،819 އަކަފޫޓުގެ ބިމެއްގައެވެ.

އީއޯއައި ފޯމު ހުށަހަޅަންވާނީ އައިއޭއެސްގެ ޕްރޮކިއުމަންޓް އީމެއިލް މެދުވެރިކޮށް، 17 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މި މުއްދަތުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައިވެއެވެ.

މި މަސައްކަތާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު ކޮށްފައިވާ އިއުލާނު ބާތިލުކޮށް، އީއޯއައި ފުރުސަތު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް