މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެްއިން

މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް ކުރިޔަށް ގެންދަން މާލެ ސިޓީ ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ހިމަނައިފިއެވެ. ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި އާންމުކުރި މި ޕްލޭނުގައިވާ ގޮތުން، މި މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމަށް ރާވާފައިވަނީ ޕްރައިވެޓް ސެކްޓާއަށް އާންމުކޮށް ހުޅުވާލައިގެންނެވެ.

ޕްލޭންގައި ހިމެނޭ މައިގަނޑު މަޝްރޫއުތައް

މި ބޮޑު މަޝްރޫއުގެ ދަށުން މާލޭގެ އުމްރާނީ އަދި އިޖުތިމާއީ ފެންވަރު މަތިކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕާކިންގް ބިލްޑިންގތަކާއި ހައުސިންގ: މާލެއަށް ދިމާވެފައިވާ ޕާކިންގް އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން.

  • ލަފާފުރާ ގިމަތަތަކާއި ކޮމާޝަލް ބިލްޑިންގ: ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާ ފުޅާކުރުން.

  • ޕާކުތަކާއި މައިޒާންތައް: ހިތްފަސޭހަ މާހައުލުތައް ބިނާކުރުން.

ކައުންސިލުގެ އާމްދަނީ އިތުރުކުރުމާއި ހަކަތައަށް ކުރާ ހޭދަ

ކައުންސިލުގެ މާލީ ދާއިރާ ވަރުގަދަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ޕްލޭނުގައި މުހިންމު ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައެވެ.

  • ބޭސް ރޭޓް ފްރޭމްވޯކް: ކައުންސިލުގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާނެ ވަކި އުސޫލެއް އެކުލަވައިލައި ތަންފީޒުކުރުން.

  • ރިޒާވް ފަންޑު ޤާއިމުކުރުން: ކައުންސިލަށް އިތުރު ލާބަޔާއި އާމްދަނީ ލިބޭނެ ފަދަ ދެމެހެއްޓެނިވި ކަންކަމަށް އިންވެސްޓްކުރުމަށް ޚާއްސަ ފަންޑެއް ހެދުން.

  • އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން: ޚަރަދު ކުޑަކުރުމުގެ ގޮތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، ސޯލާ ފަދަ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރުން.

ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓުގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދުތައް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލުގެ ހުރިހާ އިދާރީ ހިންގުމެއް "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއްގެ ދަށަށް ބަދަލުކޮށް، ކަރުދާހާއި އެހެނިހެން ބޭކާރު ޚަރަދުތައް މަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް