68 ބިދޭސީން ޗެކްކޮށް، 7 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އިތުރު ބިދޭސީންތަކެއް ބަލައިފާސްކޮށް ބައެއް މީހުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ފަހަރުގެ ހަރަކާތުގައި ޖުމްލަ 68 ބިދޭސީއަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މިގޮތަށް އަތުލައިގަނެވޭ މީހުން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ހުއްޓުމެއް ނެތްގޮތެއްގައި ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް