އެމްއެމްއޭ ސްކޮލަޝިޕަށް ކުރިމަތިލާން ބާކީ 6 ދުވަސް!

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މިއަހަރު ހުޅުވާލި ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ސުންގަޑި ކައިރިވެއްޖެއެވެ.

އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މަތީ ތައުލީމަށް އަމާޒުކޮށްގެން ދޫކުރާ މި ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ބާކީ އޮތީ އެންމެ 6 ދުވަހެވެ.

"އެމްއެމްއޭ ސްކޮލާޝިޕް 2026" ޕްރޮގްރާމްގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުތަކަކީ މެލޭޝިޔާގެ ފާހަގަކޮށްލެވޭ މަތީ ފަންތީގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރުމަށް ލިބޭ ރަންގަނޑު ފުރުސަތުތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ ޔުނިވަސިޓީތަކަކީ:

  • ޔުނިވަސިޓި އިސްލާމް ސެލަންގޯ (UIS)

  • އިންސިފް ޔުނިވާސިޓީ (INCEIF)

  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (IIUM)

ސުންގަޑި އަދި އެޕްލިކޭޝަން ހުށަހެޅުން

  • ފަހު ތާރީހު: މިމަހުގެ 15 ވާ ބުދާ ދުވަސް

  • ހުށަހަޅާނެ ގޮތް: ސްކޮލަޝިޕަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިން ފޯމު މެދުވެރިކޮށެވެ.

އެމްއެމްއޭ އިން ވަނީ މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން، ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް