ހިމަބިއްސާއި ރުބެއްލާ ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އެމްއާރު ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނުގެ ތިންވަނަ ފޭސްގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މި ފޭސްގެ ދަށުން، އުމުރުން 49 އަހަރުން ދަށުގެ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ޖުލައި 7ން 30 ޖުލައިގެ ނިޔަލަށް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ހާއްސަ ޕްރޮގްރާމަކީ މުޖުތަމައުގެ ތެރޭގައި މި ބަލިތައް ފެތުރުން ހުއްޓުވުމަށާއި، ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ކަށަވަރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
އެމްއާރު ވެކްސިން ދޭ ގަޑިތަކާއި މަރުކަޒުތައް:

އެޗްޕީއޭ އިން ހާމަކުރައްވާފައިވާ ގޮތުގައި، ވެކްސިންގެ މައުލޫމާތު ސާފުނުވާ ނުވަތަ ދެ ޑޯޒް ހަމަވެފައިނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިވުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެ ބޭފުޅަކާ އެންމެ ކައިރީގައި ހުރި އެމްއާރު ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްއާރު ވެކްސިންއަކީ ހުރިހާ ހޮސްޕިޓަލްތަކުންވެސް ހިލޭ ޖެހޭ ވެކްސިންއެކެވެ. ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރެއިން އޭޑީކޭ ހޮސޕިޓަލްއާއި ޓްރީޓޮޕ ހޮސްޕިޓަލުންވެސް މި ވެކްސިން ހިލޭނެ ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.




