މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، ގައުމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ލިޔުންތެރިން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމާއެކު، އާ ޖީލުތަކަށް ލިޔުންތެރިކަމުގެ ޝައުގުވެރިކަން އުފެއްދުމެވެ.ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް ދަންނަވަން. ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގަކަށް އެދި ދުޢާކުރަން. pic.twitter.com/9LPoWQSyld
— First Lady Sajidha Mohamed (@sajidhaamohamed) July 8, 2026
ޖުލައި މަހުގެ އަށް ވަނަ ދުވަހަކީ ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ. ދުވަހައި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.





