އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯތައް ހުށަހަޅަމުންދާތީ މޯލްޑިވްސް އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، އޭއައި ނުވަތަ އެފަދަ އެހެން ޑިޖިޓަލް އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ ޕާސްޕޯޓުގެ ރަސްމީ ފޮޓޯ މިންގަނޑާ މުޅިން ޚިލާފު ފޮޓޯތަކެކެވެ. އެހެންކަމުން، ޕާސްޕޯޓް ހަދަން އެފަދަ އެއްވެސް ފޮޓޯއެއް ހުށަނޭޅުމަށް އެ އިދާރާއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

https://twitter.com/ImmigrationMV/status/2074380674707128369

ޕާސްޕޯޓަކީ ބައިނަލްއަޤްވާމީގޮތުން މީހާގެ އައިޑެންޓިޓީ ނުވަތަ ކާކުކަން ކަށަވަރުކޮށްދޭ އެންމެ މުހިންމު ސެކިއުރިޓީ ލިޔުމަށް ވާތީ، ފޮޓޯ ހުށަހެޅުމުގައި އާންމުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

"ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިއްމު ސެކިއުރިޓީ ޑޮކިއުމަންޓަކަށްވާތީ ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވާން އެދެން."— އިމިގްރޭޝަން

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް