ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ތަނުން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

މި ވައްކަމުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު. ފެއަރީ، އަހްމަދު ނަސްރު (46އ) އަދި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް އަލީ ޝަރީފް (35އ) އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މާލޭ ހިތަށްފިނިވާމަގުގައި ހުންނަ އެ ހާޑްވެއާ ފިހާރައިން ވައްކަން ކުރި މައްސަލަ ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަން ކުރި މީހުން ހޯދައި ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، އެ ފިހާރައިން ވަގަށް ނަގާފައިވާ ލޮއިނަރު ރޯލުތައް ފުލުހުން ވަނީ ކާމިޔާބުކަމާއެކު ހޯދައި، އަނބުރާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް