ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކޯޓޭޝަނެއްގައި ބޭހެއްގެ އަގު 6،000 ރުފިޔާއަށްވުރެ މަތީގައި ހުރީ، އެކި ބްރޭންޑްތަކުގެ ބޭސް ލިބެން ހުންނަ އަގުތައް ތަފާތުވުމުގެ ސަބަބުން ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.
ސްޓޭޓް ފާމާއިން މިހެން ބުނެފައިވަނީ، އެސްޓީއޯ ފާމަސީން 2,480.90 ރުފިޔާއަށް ވިއްކި އިންޖެކްޝަނެއް، ސްޓޭޓް ފާމާ ހެންވޭރު ފާމަސީން 6,580.32 ރުފިޔާއަށް ވިއްކި ކަމަށް ބުނެ މީސްމީޑިއާގައި އާންމުވި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، އަގަށް މި ބަދަލު އައީ އެސްޓީއޯގެ ބޭސްފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރި ފަހުންނެވެ. އަދި އިންޖެކްޝަނަށް ފައިސާ ދެއްކުމަށްފަހުވެސް އެ ނުލިބޭ ކަމަށް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތަކަށް ރައްދުދެމުން ސްޓޭޓް ފާމާއިން ސާފުކޮށްދިނީ، ދައުރުވަމުންދާ ކޯޓޭޝަނުގައިވާ ބޭސްތަކުގެ ހަގީގީ ޖުމްލަ އަގަކީ 2،977.15 ރުފިޔާ ކަމަށެވެ. އަދި ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ދޭހަވާ ގޮތަށް ފަތުރަމުންދާ މައުލޫމާތަކީ ކަންހިނގާފައިވާ ގޮތް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
"އާސަންދައިން ކަވަރުނުކުރާ ބޭސްތަކަކީ ގިނަ ފަހަރަށް އެކި އެޖެންސީތައް މެދުވެރިކޮށް ގެންނަ ބޭސްތަކަށް ވުމުން، ބްރޭންޑްތަކުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް. މި ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް އާސަންދައިން ކަވަރުނުކުރާ ބޭސްތަކަކީ ގިނަ ފަހަރަށް އެކި އެޖެންސީތައް މެދުވެރިކޮށް ގެންނަ ބޭސްތަކަށް ވުމުން، ބްރޭންޑްތަކުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް. މި ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށް،" ސްޓޭޓް ފާމާއިން ބުނެއެވެ.



