ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީގެ ހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެމްޑީ އަހުމަދު ސައުދީ އާއި ކުންފުނީގެ ސީނިއާ އޮފިޝަލުން ވަނީ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވާލައްވައި، މަޝްރޫއުގެ މިހާރުގެ ކުރިއެރުމާއި، ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ސައިޓުގައި ތިއްބެވި ފަންނީ ޓީމުތަކާ ބައްދަލުކުރައްވައި އިރުޝާދު ދެއްވާފައެވެ.
Our Managing Director, DCP (Retd.) Ahmed Saudee, along with senior officials of MTCC, visited the Boduthakurufaanu Magu Northside Road Development Project site today to inspect the progress of the ongoing project.#RayyithungeKunfuni #MTCCProjects pic.twitter.com/8TtkrXVNrd
— MTCC Plc (@MTCCPlc) July 2, 2026
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު (ބާޒާރު މަތީ ސަރަހައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް) ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެ ސަރަހައްދުގެ ދަތުރުފަތުރާއި ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، ބޯކޮށް ވާރޭވެހޭ ދުވަސްވަރު މަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އެޅުމާއި، ހަރުދަނާ ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ކޭބަލްތައް ވަޅުލުމަށް ހޮޅިލައިން އެޅުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެމްޓީސީސީއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ މުއްދަތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަވާނެ ފަދަ ގޮތަކަށް ފެންވަރު ރަނގަޅުކޮށް މަޝްރޫއުތައް ނިންމުމަށް ކަމަށްވާއިރު، ކުންފުނީގެ މެނޭޖްމަންޓުން މިފަދަ ސައިޓް ޒިޔާރަތްތައް ކުރައްވަނީ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.




