ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ސުކޫލަށް ހާޒިރުވުން މުހިންމުކަން ފާހަގަކުރައްވައި، މި ދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސުކޫލަށް ހާޒިރުނުވާތީ އެޑިއުކޭޝަން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ނިމިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ "ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް" ރިޕޯޓު އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ކައިރިން ބެލުމުގެ ގޮތުން މިދިޔަ މަހުގެ 21 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ސުކޫލަށް ހާޒިރުވާ ދަރިވަރުންނާއި ހާޒިރުނުވާ ދަރިވަރުން ވަކިން ފާހަގަކުރަން މިހާރު ވަނީ ފަށާފައެވެ. އާ އުސޫލާއެކު ގިނަ އަދަދެއްގެ ދަރިވަރުން ސުކޫލަށް ނުދާކަން ވަނީ ހާމަވެފައެވެ.
ކުރިން އުސޫލު އޮންނަ ގޮތުން ނަމަ، ދަރިވަރަކު ސުކޫލަށް ނުގޮސް ގިނަ ދުވަސްތަކެއް ވުމުން ނޫނީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެއް ނުވެއެވެ. ނަމަވެސް އާ ބަދަލާއެކު ކޮންމެ ދުވަހެއްގެ ހާޒިރީ ވެސް މިހާރު ދަނީ ބަލަމުންނެވެ.
ދަރިވަރުން ސުކޫލަށް ހާޒިރުނުވާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި
ގުޅުންހުރި ލިޔުންތައް
Advertisement




