ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ވިއްސާރަވެ ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެއީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދަށް ކުރާނެ ކަމަށް ލަފާކުރާ މޫސުން:

  • ވާރޭވެހުން: ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

  • ވައިގެ ބާރުމިން: ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެއެވެ.

  • ކަނޑުގެ ހާލަތު: ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެއެވެ.

މޫސުން ގޯސްވާނެތީ ކަމާބެހޭ އިދާރާތަކުން ވަނީ ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށާއި، އުޅަނދުގެ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ބެލުމަށް އިދާރާތަކުން ވަނީ ހަނދާންކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް