މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

މާލެ، ޓީޖެޓީގައި ދޯންޏެއް އަޑިއަށް ދާތީ ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ޓީޖެޓީގައި ދޯންޏެއް އަޑިއަށް ދާކަމުގެ މައުލޫމާތު 2026 ޖޫން 27 ވަނަ ދުވަހުގެ ރޭ 19:31 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، "ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް