ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ.

މި ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް މި ދެ މީހުންގެ މައްޗަށްވެސް އެކަށީގެންވާ ހެކި އެބަހުއްޓެވެ. އެގޮތުން، ބަންދުގައި ހުރި މީހާ ފިލުވަން އެމީހުން މަސައްކަތް ކުރަނިކޮށް ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ ތަޙުޤީޤަށް މުހިންމު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.

ހައްޔަރުކުރި ދެ މީހުން ފިލުވަން މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓާފައި ހުރި މީހެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް