ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައެވެ.

މާލީ ވަޒީރު ހަސަން ޒަރީރު

  • އައްޔަންކުރެއްވުން: ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައިވަނީ މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

  • ތަޢުލީމާއި ތަޖުރިބާ: ޒަރީރަކީ މީގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ، މާލީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭفުޅެކެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

މިނިސްޓްރީތަކަށް ގެނައި ބަދަލުތައް

  • ބަދަލުތައް ފާސްކުރުން: ވަޒީރަށް ރުހުން ދެއްވުމުގެ އިތުރުން، ވުޒާރާތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތައް ފާސްކުރުމަށްވެސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ދެން އޮތީ މަޖިލީހުގެ ތަޅުން

  • ޤާނޫނީ ބާރުވެރިކަން: ޤާނޫނީ ބާރުވެރިކަން ވަޒީރަށް ލިބިވަޑައިގަންނަވަނީ މަޖިލީހުން ރުހުން ދެއްވުމުންނެވެ.

  • މަޖިލީހުގެ ވޯޓު: ކޮމިޓީން ފާސްކުރި މި ދެ މައްސަލަވެސް ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދޭން ފާސްކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް