އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ކ. ގުޅިއާއި ފުށިދިއްގަރުފަޅުގެ ކަނޑުއޮޅި ތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށާއި، އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ، އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް