މުޒާހަރާކޮށްގެން ހައްޔަރުކުރި އެމްޑީޕީ މީހުން

އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ އުފުލާފައިވާ އަށް މީހެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާޠިމަތު ޒަހިއްޔާ ހިމެނެއެވެ.
ދަޢުވާ ލިބޭ އަށް މީހުންނަކީ:

  1. މައުރޫފް ޒާކިރު
  2. ފާޠިމަތު ޒަހިއްޔާ
  3. ޢަބްދުއްސަލާމް
  4. މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ
  5. ޢަލީ ނައުފަލް
  6. ޢާއިޝަތު ނަޖުދާ ޢަލީ
  7. ޢަލީ މުޢައްވަޒު
  8. ޙުސައިން ރަޝީދު

މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށް މެންބަރު މައުރޫފް ޒާކިރު ފިޔަވައި ދެން ތިއްބެވި ހަތް ބޭފުޅުން ވަނީ ކޯޓަށް ހާޒިރުވެފައެވެ. ހާޒިރުވި މީހުންގެ ތެރެއިން ޢަލީ ނައުފަލާއި، ޢަލީ މުޢައްވަޒު އަދި ޙުސައިން ރަޝީދު ވަނީ ދައުލަތާއެކު ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވައިލުމަށް އެދިފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އެ ތިން މީހުން އެ ފޯމު ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށްވާތީ، އެކަމާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ދެން ތިބި ހަތަރު ބޭފުޅުން ވަނީ ވަކީލަކު އައްޔަންކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. ނަމަވެސް، މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުޞަތެއް ދިނުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ އެ މުއްދަތަށްވުރެ އިތުރު ވަގުތު ލިބޭނެހެން ފަހުގެ ތާރީޚެއްގައި ކަމަށް ވެސް ޤާޟީ ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް