އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ދޭ ޚާއްޞަ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފިއެވެ.

މި ފަހަރުގެ ސްކޮލަޝިޕްތައް ޚާއްޞަކޮށްފައިވަނީ މެލޭޝިއާގެ ތިން ޔުނިވަސިޓީއެއްގައި ތައުލީމު ހާސިލުކުރުމަށެވެ. އެގޮތުން ހުޅުވާލެވިފައިވާ ފުރުސަތުތަކަކީ:

  • ސެލަންގޯ އިސްލާމިކް ޔުނިވަސިޓީ: ބެޗްލާ އޮފް އެކައުންޓިންގ.
  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ: މާސްޓާ އޮފް ލޯސް އަދި މާސްޓާ އޮފް އިކޮނޮމިކްސް.
  • އިންސީފް ޔުނިވަސިޓީ: އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޕީއެޗްޑީ (ކޯސްވޯކް، ޑިޒަޓޭޝަން އަދި ރިސާޗް ހިމެނޭހެން).

މި ސްކޮލަޝިޕްތަކުގެ ދަށުން ކިޔަވާ ފަރާތްތަކުން ތައުލީމު ފުރިހަމަކުރުމަށްފަހު، ޖުމްލަ ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ފުރުސަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެމްއެމްއޭގެ ޓްރޭނިންގ ސެކްޝަނާ ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް