ޖަލުގައި ބެެހެއްޓި ބަގެޖު ސްކޭނިން މެޝިން

ޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހަދިޔާކުރި މި މެޝިނަކީ މާފުށީ ޖަލުގެ ތާރީޚުގައިވެސް މިފަދަ ޒަމާނީ ވަސީލަތެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.

މި މެޝިން އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް އެމް.އޭ.ސީ.އެލްގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ބެގެޖް ސްކްރީންކުރުމުގެ ޚާއްޞަ ތަމްރީނުތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ނިޒާމުގެ ދަށުން ޖަލަށް އަލަށް ގެނެވޭ ޤައިދީންނާއި ބަންދު މީހުންގެ ތަކެތީގެ އިތުރުން، ޢާއިލާތަކުން ފޮނުވާ ތަކެއްޗާއި، ޢާއިލީ ބައްދަލުވުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން އަތްދަބަހާއި އެނޫންވެސް ތަކެތި ފުރިހަމައަށް ސްކްރީން ކުރެވޭނެއެވެ. މިއީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޚާއްޞަކޮށް ޖަލަށް ވަގަށް ވައްދާ ފޯނުތައް ބޭނުންކޮށްގެން ހިންގާ ސްކޭމްގެ މުޢާމަލާތްތަކާއި، މަސްތުވާތަކެތީގެ ވަބާއިން ޖަލު މުޖުތަމަޢު ސަލާމަތްކުރުމަށް މިފަދަ ޓެކްނޮލޮޖީގެ އެހީގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ދެކެއެވެ. ޖަލުތަކުގެ ސަލާމަތީ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައިވެސް ހިމެނޭ މުހިންމު އަމާޒެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް