ސައިބާ ސެކިއުރިޓީ ބިލް މަޖިލީހަށް ބަލައިގެންފި: ރާއްޖޭގެ ޑިޖިޓަލް ވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް

ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމުތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ސައިބަރ ސެކިއުރިޓީގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނެވެ. މި ބިލަކީ ރާއްޖޭގެ ސައިބަރ ސަލާމަތީ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ތަރުތީބުކޮށް، ދިވެހި ދައުލަތުގެ ސައިބަރ ވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބިލުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި، ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ވަނީ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައެވެ. މީގެ އިތުރުން، އައިޑެންޓިޓީ ބޭނުންކުރުން މަނާ ހާލަތްތަކާއި، ފަރުދުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ހަރުދަނާ މާއްދާތަކެއް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި:

  • ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ގާނޫނީ ބާރާއެކު ކަށަވަރުކުރުން.
  • ޑިޖިޓަލް ޚިދުމަތްތައް ދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.
  • ޒާތީ މަޢުލޫމާތާއި އައިޑެންޓިޓީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން.
  • ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ބޭނުންވާ އިޖުރާއަތްތައް އެކުލަވައިލުން.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްވުމާ ގުޅިގެން، ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ގާނޫނަކަށް ވުމުން، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއަށް އަންނަ ކުރިއެރުންތަކާއެކު، ސަލާމަތީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް