ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަގްސަދަކީ، ދިވެހިންގެ މަސްވެރިކަމުގެ މުއްސަނދި ސަގާފަތް އާލާކޮށް، ކަނޑުތަކުގެ ވަސީލަތްތަކަށް އޮންނަ ލޯބި އިތުރުކުރުމެވެ.
ތާރީޚާއި ބައިވެރިވުން:މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ޖޫން މަހުގެ 19 ވާ ހުކުރު ދުވަހުއެވެ.
މާލެ ސިޓީ: ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ، ޝަރުތު ހަމަވާ 20 ޓީމަށެވެ.
އަތޮޅުތެރޭގެ ރަށްތައް: ރަށްރަށުގައި މުބާރާތް އިންތިޒާމުކޮށް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ވެސް ކައުންސިލްތަކުންނެވެ.
ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތައް:
އެއްވަނަ ޓީމު: 30,000 ރުފިޔާ
ދެވަނަ ޓީމު: 25,000 ރުފިޔާ
ތިންވަނަ ޓީމު: 20,000 ރުފިޔާ
އެންމެ ބަރުމަސް ބާނާ ފަރާތް: 5,000 ރުފިޔާ
އިތުރު މައުލޫމާތު:މުބާރާތުގެ އާންމު ގަވާއިދު މިހާރު ވަނީ މިނިސްޓްރީގެ އިއުލާނާއެކު ޝާއިއުކޮށްފައެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339225 ނުވަތަ 3339272 އާ ގުޅުއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.



