ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޗައިނާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ވަޒީރު ޗައިނާއަށް ވަޑައިގަންނަވަނީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ، 7 ވަނަ ޗައިނާ– ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ– ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އަދި މި ދަތުރުފުޅުގައި އެކަމަނާ 7 ވަނަ ޗައިނާ–ދަ ސައުތު އޭޝިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކީނޯޓް އެޑްރެސް ދެއްވުމަށް ހަމަޖެހިފައިވާއިރު، ޔުނާން ޕްރޮވިންސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޔުނާން ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ.
މި ދަތުރުފުޅުގައި، ވަޒީރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވައެވެ.




