އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް މިއަދު މީޑިއާގައި ދެއްކެވި ވާހަކަތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ދޮގުކުރައްވައިފިއެވެ.
އޭނާ ބުނި ގޮތުގައި، ކޯޓާތަކުން ފައިސާ ނަގާކަމުގެ މި ތުހުމަތުތައް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެއްވުމުން، އެމަނިކުފާނު ވަނީ ޝަމްޢާން މަސައްކަތް ކުރައްވަނީ ވަޒީރާ ދެކޮޅަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ޝަމްޢާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ދައްކަވާފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޝަމްޢާން މި ތުހުމަތުތައް ކުރައްވާފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގގެ ދަޢުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޝަމްޢާން ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުން ވަކިކޮށް ހައްޔަރުކުރީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ.




