މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ސީރިއަސް އަނިޔާތަކެއް

ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ މަގުގެ އުތުރުން ދެކުނަށް ދުއްވި ސައިކަލެއް ކަހާލައިގެން ގޮސް މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ކިޔަވާ ކުއްޖެކެވެ. އޭނާ ރާއްޖެ އައިސް އުޅުނީ ޗުއްޓީއަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައި.ޖީ.އެމް.އެޗް ގައި މިހާރު ފަރުވާދެމުން އަންނައިރު، އޭނާގެ ބޮލުގެ ނާށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް