ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައި ދެވަނަ ފްލައިޓުގެ ހައްޖު ވެރިން އެނބުރި ރާއްޖެ ދިއުން

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއަށް އައުމަށްޓަކައި ފުރައިފިއެވެ.

މި ފްލައިޓުގައި ޖުމްލަ 262 ޙައްޖުވެރިން ދަތުރުކުރާއިރު، މިފަހަރު ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ މަދީނާ އެއަރޕޯޓުންނެވެ. ޙައްޖުވެރިން ރާއްޖެ ގެނައުމުގެ ދަތުރުތައް ސައުދިއާ އެއަރލައިންގެ އިތުރުން މޯލްޑިވިއަންއިން ކުރިއަށްގެންދާއިރު، ދެވަނަ ފްލައިޓްގެ ޙައްޖުވެރިން ދަތުރުކުރަނީ މޯލްޑިވިއަންގެ ޚާއްޞަ ފްލައިޓެއްގައެވެ.

މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރާ ޙާޖީންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ޙައްޖުވެރިން އެއަރޕޯޓަށް ދިޔުމުގެ ކުރިން ލަގެޖްތައް ޕްރީ-ޗެކިންކޮށް، ބޯޑިންގ ޕާސްތައް ދުރާލާ ވަނީ ޙަވާލުކޮށްފައެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް 240 އަށްވުރެ ގިނަ ޙާޖީންނާއެކު މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައިސްފައިވާއިރު، އެންމެ ފަހު ފްލައިޓްތައް އޮންނާނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ.

މިއަހަރުގެ ޙައްޖު ދަތުރުތަކުގައި "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުން ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދީފައެވެ. މި މަޝްރޫޢުގެ ސަބަބުން، ރާއްޖެއިން ފުރުމުގެ ކުރިން އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ނިންމާލެވުމާއެކު، ސައުދީ އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ވަނީ ލިބިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް