ގދ. ގައްދޫ ކައިރިއަށް އެން ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏަކުން އެން ނެގުމަށްޓަކައި ޑައިވިންއަށް ފޭބި މީހަކު ގެއްލިގެން އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:40 ހާއިރުއެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ފެނުނު އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްހާގު ރަޝީދެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ގދ. ގައްދޫއަށް ގެންގޮސްފައެވެ.





