ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ މުއައްސަސާއިން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ މަހުގެ އެއްވަނަ ދުވަހުއެވެ.

މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖެއްކަން ވަނީ އެނގިފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު ކުރިއަށްގެންދާއިރު، ތުހުމަތު ކުރެވެނީ ފުލުހަކަށް ކަމަށްވާތީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުންވެސް އަންނަނީ އެ މައްސަލަ ވަކިން ބަލަމުންނެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް