ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރު ރާއްޖެއިން ފުރި 1،000 ހައްޖުވެރިން ފުރާފައިވަނީ ހަތަރު ގްރޫޕަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ރާއްޖެ އަންނާނީވެސް ރާއްޖެއިން ދިޔަ ތަރުތީބުން ހަތަރު ގުރޫޕަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން މިއަދު ވަނީ މާލެެ އައިސްފައެވެ. މިއަދު މާލެ ރާއްޖެއައީ 238 ހާޖީއެވެ.

ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް

  • ފުރަތަމަ ގްރޫޕް - ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ދެވަނަ ގްރޫޕް-  ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި
  • ތިންވަނަ ގްރޫޕް - ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ހަތަރުވަނަ ގްރޫޕް - ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރީ 21 ދުވަހެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް