ހައްޖުވެރިއެއް އެއާޕޯޓުގައި

މިއަހަރުގެ ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށް އޮތް ހުކުރު ދުވަހު ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެެފިއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 1,000 ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ އެމީހުން ފުރި ތަރުތީބުން ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ތާވަލުކުރެވިފައިވަނީ މި ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.
ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާވަލު:

ފުރަތަމަ ގްރޫޕް: ޖޫން 5 ގައި (ސައުދީ އެއާލައިންސްގައި)
ދެވަނަ ގްރޫޕް: ޖޫން 7 ގައި (މޯލްޑިވިއަންގައި)
ތިންވަނަ ގްރޫޕް: ޖޫން 8 ގައި (ސައުދީ އެއާލައިންސްގައި)
ހަތަރުވަނަ ގްރޫޕް: ޖޫން 9 ގައި (މޯލްޑިވިއަންގައި)

މިއަހަރުގެ ޙައްޖުގެ މުޤައްދަސް ދަތުރުގައި ދިވެހި ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް