މަގާމުތަކަށް ބަދަލު ގެނެސް ފުލުހުންގެ އާ އޮނިގަނޑެއް އެކުލަވާލައި

ފުލުހުންގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ހިންގުންތެރިކަން އިތުރުކުރުމަށް އެޅުނު ފިޔަވަޅެކެވެ. އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ އަސާސީ ޚިދުމަތްތަކާއި، ތަހުގީގީ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ތަމްރީނު އަދި ކޯޕަރޭޓް ސަޕޯޓް ފަދަ އެންމެހައި މަސައްކަތްތައް ވަނީ ހާއްސަ ކޮމާންޑްތަކެއްގެ ދަށުން އަލުން ތަރުތީބުކުރެވިފައެވެ.

މި އައު އޮނިގަނޑުގެ ކޮމާންޑް ލެވެލްގައި ހިމެނޭ ދާއިރާތަކަކީ:

  • އޮފީސް އޮފް ދަ ކޮމިޝަނަރ
  • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  • ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  • ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  • އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  • ފޮރެންސިކް ސަރވިސަސް
  • ސެންޓްރަލް އިންވެސްޓިގޭޝަންސް
  • މާލޭ ޕޮލިސް
  • ހުޅުމާލޭ ޕޮލިސް
  • ނޮދަން ޕޮލިސް
  • ސަދަން ޕޮލިސް
  • ސަރވިސް ޑިވެލޮޕްމަންޓް
  • ސަރވިސް ސަޕޯޓް
  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

ކުރިން 17 ކޮމާންޑެއްގެ މައްޗަށް އެކުލެވިގެންވީ ނަމަވެސް، މި ގެނެވުނު އިސްލާހާއެކު ކޮމާންޑްތަކުގެ އަދަދު ވަނީ 14 އަށް މަދުކުރެވިފައެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ވީހާވެސް ގާތުން އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް